Article Top
ޚަބަރު •

"ރަސްމާލެއާ ދެކޮޅަށް ހިންގާ ހަރަކާތަކީ ރަނިންމޭޓުކަން ނުވަތަ ކެބިނެޓުގެ ޖާގައެއް ހޯދުމުގެ މުބާރާތެއް"

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

"ރަސްމާލެއާ ދެކޮޅަށް ހިންގާ ހަރަކާތަކީ ރަނިންމޭޓުކަން ނުވަތަ ކެބިނެޓުގެ ޖާގައެއް ހޯދުމުގެ މުބާރާތެއް"

އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ވަޙީދު (ވައްޑެ).

ރަސްމާލެ މަޝްރޫއުއާ ދެކޮޅަށް، ކުރީގެ ހޯމް މިނިސްޓަރު އިމްރާމް ޢަބްދުﷲ ދައްކަވަމުން ގެންދަވާ ވާހަކަތަަކަށް، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ވަޙީދު (ވައްޑެ) ފާޑު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވައްޑެ އެހެން ވިދާޅުވީ، ދާދި ފަހުން މަގު މަތީގައި ހުންނަވައިގެން ކުރީގެ ހޯމް މިނިސްޓަރު، އަދި އަދާލަތު ޕާޓީގެ ކުރީގެ ރައީސް އިމްރާން ދެއްކެވި ވާހަކަ އަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

އެގޮތުން ވައްޑެ ވިދާޅުވީ، އެ ޙަރަކާތަކީ ރައްޔިތުންގެ ތާއީދު ހޯދުމުގެ ބަދަލުގައި ރުޅިވެރިކަން ބޭނުން ކޮށްގެން ރަނިންމޭޓުކަން ނުވަތަ ކެބިނެޓް ޖާގަ އަކަށް ވާދަކުރުމުގެ ކުޑަ މުބާރާތެއް ކަަމަށެވެ.

މީގެ ކުރިން ވެސް ވައްޑެ ވަނީ އެކި ފަހަރު މަތިން ސޯޝަލް މީޑިއާގައި އެކަމާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ފާހަގަކޮށްލެވޭ ގޮތުގައި، އިމްރާން އިސްވެ ހުންނަވައި، ރަސްމާލެ މަޝްރޫއުއާ ދެކޮޅަށް ކުރިއަށް ގެންދާ ހަރަކާތަށް ވައްޑެ ތާއީދެއް ނުކުރައްވަ އެވެ. އަދި ވައްޑެ ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ރަސްމާލެ މަޝްރޫއުއާ ދެކޮޅަށް ވާހަކަ ދައްކަވާތީ، އެމްޑީޕީގެ ކުރީގެ ވެރިކަމުގައި ކަން ކޮށްފައި އޮތް ގޮތުގެ ވާހަކަ ވައްޑެ ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ޚާއްސަކޮށް ރަސްމާލެ މަޝްރޫއުއާ ގުޅިގެން ރެފަރެންޑަމް އަކަށް ދާން އެމްޑީޕީގެ ޤައުމީ މަޖިލީހުން ފާސްކުރުމުން، ވައްޑެ ވަނީ އެކަމަށް ވެސް ފާޑު ވިދާޅުވެފައި އެވެ.

https://veekanonline.com/story/02-11-2026-1224-heyves-ahaa-nulai-rahthakaai-falhu-thah-vihkumah-fahu-mihaaru-referendum-ah

މީގެ އިތުރުން އެކްސްގައި ކުރެއްވި އެހެން ޕޯސްޓެއްގައި ވައްޑެ ވިދާޅުވީ، ޤައުމެއްގެ ސިޔާދަތަށް އެންމެ މުހިންމީ ސަރުކާރުގެ ސިޔާދަތީ އަމިއްލަ ބާރުވެރިކަން އޮތުން ކަމަށެވެ. އަދި އެކަން ހޯދޭނީ އިޤްތިސާދީ އަދި މާލީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެވިގެން ކަމަށް ވެސް ވައްޑެ ވަނީ ވިދާޅުވެފައި އެވެ. އެހެންކަމުން އެކަން ހާސިލު ނުވާހާ ހިނދަކު އުޅެން ޖެހޭނީ ބޮޑެތި ޤައުމުތަކުގެ އުނގަށް ވެއްޓިގެން ކަަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. އިޤްތިސާދީ ގޮތުން ރާއްޖެ އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކައި އެންމެ ސިނާއަތަކަށް ބަރޯސާވެގެން ތިބެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް