ޚަބަރު

އީގަލް ހިލްސް އިން ހުޅުމާލޭގައި 5000 ހައުސިން ޔުނައިޓު އަޅަނީ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އީގަލް ހިލްސް އިން ހުޅުމާލޭގައި 5000 ހައުސިން ޔުނައިޓު އަޅަނީ

ރަސްމާލޭގައި މެރީނާ ތަރައްޤީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ޗެއާމަން އަލައްބާރު، އަދި ހައުސިން މިނިސްޓަރު މުއްޠަލިބު

ޔުނަައިޓެޑު އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އަބޫދާބީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާާލޭގައި 5000 ހައުސިން ޔުނައިޓު އަޅަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީ އިން ހާމަކޮށްފި އެވެ.

ޔޫއޭއީގެ މި ކުންފުނިން ވަނީ ރަސްމާލޭގައި 20 ބިލިއަން އެމެރިކާ ޑޮލަރުގެ މެރީނާ މަޝްރޫއެއް ކުރިއަށް ގެންދިޔުމަށް ސޮއިކޮށްފައި އެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް މިހާތަނަށް ހިންގޭ އެންމެ ބޮޑު މަޝްރޫއެވެ.

https://veekanonline.com/story/1b463b23-ac77-4225-bacc-a25298489f80

ހައުސިން މިނިސްޓްރީ އިން ބުނެފައި ވަނީ، މި މަޝްރޫއުގެ ދަށުން އީގަލް ހިލްސް އިން ހުޅުމާލޭގައި 5000 ހައުސިން ޔުނިޓު ތަރައްޤީކޮށްދޭނެ ކަމަށެވެ. އަދި އެއީ ސަރުކާާރުން އަޅަން ނިންމާފައިވާ ސޯޝަލް ހައުސިން ޔުނިޓުގެ މަޝްރޫއު އަށް އެއްވެސް ބަދަލެއް ނާންނަ ގޮތަށް ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން ހައުސިން މިނިސްޓަރު ޑޮކްޓަރު ޢަބްދުﷲ މުއްޠަލިބު ވިދާޅުވެފައި ވަނީ، އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ދިވެހި ސަރުކާާރުން އެއްވެސް ފައިސާއެއް ޚަރަދު ކުރަން ނުޖެހޭނެ ކަަމަށެވެ. އެގޮތުން ފައިސާ ދައްކަން ޖެހޭނީ އެ މަޝްރޫއު ނިންމައި، ހައުސިން ޔުނިޓުތައް ވިއްކުމުގެ މަރުހަލާގައި ކަމަށް ވެސް މިނިސްޓަރު މުއްޠަލިބު ވަނީ ވިދާޅުވެފައި އެވެ.

ރަސްމާލޭގެ ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 1100 އަށް ވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައި އެވެ. އަދި ރަސްމާލޭގައި 65،000 ހައުސިން ޔުނިޓު ގާއިމުކުރުމަށް ވަނީ ނިންމާފައި އެވެ. މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ މާލެ ސަރަހައްދުގެ ތޮށްޖެހުން މަދުކޮށް ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށް ކުރެވޭ ބިޔަ މަސައްކަތެއް ކަމަށް ސަރުކާރުގެ އިސްވެރިން ވިދާޅުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް