ތަރުހީބު ބޮޑު އުފެއްދުންތެރިކަމުގެ މައުރަޒުގެ ވަނަތައް ހޮވައިފި
ލިޔުންތެރިޔާ
"މޯލްޑިވްސް އެކްސްޕޯ 2026"ގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން ---
ބޮޑު ތަރުހީބެއް ލިބުނު އުފެއްދުންތެރިކަމުގެ މައުރަޒުގެ ވަނަތައް ހޮވައި އިނާމު ދީފިއެވެ.
މިރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި "މޯލްޑިވްސް އެކްސްޕޯ 2026"ގެ އިނާމު ދިނުމުގެ ޖަލްސާގައި ވަނީ އެކި ދާއިރާތަކުން ވަނަވަނައަށް އައި ފަރާތްތަކަށް އިނާމުތައް ދީފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި އެ ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުން މުޅި މައުރަޒުން އެންމެ މަތިން މާކްސް ހޯދައިގެން ރަންވަނަ ހާސިލުކުރެއްވި 5 އުފެއްދުމަކަށް އިނާމް ހަވާލުކޮށްދެއްވާފައެވެ.
މިއަހަރުގެ ޖުމްލަ 419 ފަރާތަކުން 4,404 އުފެއްދުން ބައިވެރިކޮށްފައިވެއެވެ.
މިރޭގެ ރަސްމިއްޔާތުގައި އެކި ފަންތިތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި ފަރާތްތަކަށް ޖުމްލަ 298 އެވޯޑެއް ވަނީ ދީފައެވެ. މީގެ ތެރޭގައި ހިމެނެނީ އެކި ދާއިރާތަކުން އެއްވަނައަށް ހޮވުނު 116 ފަރާތާއި، ދެވަނައަށް ހޮވުނު 95 ފަރާތާއި ތިންވަނައަށް ހޮވުނު 82 ފަރާތެވެ. މީގެ އިތުރުން މުޅި މައުރަޒުން އެއްވަނަ ހާސިލުކުރި ފަސް ފަރާތަށް ވެސް ވަނީ އެ ރަސްމިއްޔާތުގައި އިނާމު ދީފައެވެ.
މުޅި މައުރަޒުން ރަންވަނަ ހާސިލުކުރި 5 އުފެއްދުން:
މަރިޔަމް ޝަހުމާ | މެމޮރީ އޮފް ދަ ޓައިޑްސް - ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން ކެޓެގަރީ
އަބްދުއްރަޝީދު ހަސަން | ދޯނި - ކުޑީގެ އުފެއްދުންތައް ކެޓެގަރީ
އުޝާ އާދަމް | ތުނޑު ކުނާ - ޖުވެލަރީ އެންޑް އެކްސަސަރީޒް ކެޓެގަރީ
މުހައްމަދު ނިޔާއު | އަވަސް އެޕް - އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކެޓެގަރީ
އާދަމް މަންސޫރު | ކަޅުވަކަރު މިސްކިތް - އިމާރާތްކުރުމުގެ ދާއިރާ
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ނުވަތަ މޯލްޑިވްސް އެކްސްޕޯ 2026 އަކީ ދިވެހީންގެ ޒަމާންވީ މަސައްކަތްތެރިކަމާއި އަދި ޒަމާނީ ފަންނުވެރިކަން ހިމެނޭހެން ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ފަންނުވެރިންގެ ހުނަރުވެރި އުފެއްދުންތައް އެއް ފުރާޅެއްގެ ދަށުން ދައްކުވައިދޭނެ މައުރަޒެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް