އަރައިޒް ޕްރޮޖެކްޓްގެ ދަށުން 15 މެގަވޮޓްގެ ސޯލާ ޕީވީ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ލިޔުންތެރިޔާ
15 މެގަވޮޓްގެ ސޯލާ ޕީވީ ސަބް ޕްރޮޖެކްޓްގެ ކަރަންޓު ގަތުމުގެ އެއްބަސްވުން އަދި މަސައްކަތް ހިންގުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން.
ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ މިނިސްޓްރީ އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން، ފެނަކައިގެ އަރައިޒް (ARISE) އިނިޝިއޭޓިވްގެ ދަށުން ހިންގާ 15 މެގަވޮޓްގެ ސޯލާ ޕީވީ ސަބް ޕްރޮޖެކްޓްގެ ކަރަންޓު ގަތުމުގެ އެއްބަސްވުން އަދި މަސައްކަތް ހިންގުމުގެ އެއްބަސްވުމުގައި ސީނޯ ސޯއާ ހައިބްރިޑް ޓެކްނޮލޮޖީ އާއެކު ސޮއިކޮށްފި އެވެ.
މި އެއްބަސްވުންތަކުގެ ދަށުން، ލ.އަތޮޅު ކްލަސްޓާ (ލޮޓް1) އާއި މައިގަނޑު ސަރަހައްދީ ހަބްތައް (ލޮޓް2) ހިމެނޭ 13 ރަށެއްގައި ސޯލާ ޕީވީ ސަބް ޕްރޮޖެކްޓް ހިންގުމަށް ވަނީ ހަމަޖެހިފައި އެވެ.
ވޯލްޑް ބޭންކް، ސީޓީއެފް، އޭއައިއައިބީ، އަދި މީގާ ފަދަ މާލީ އިދާރާ ތަކުން ފަންޑުކޮށް، 20 އަހަރުގެ ޑީބީ-އެފްއޯއޯޓީ (DB-FOOT) ފްރޭމް ވޯކެއްގެ ތެރެއިން ކުރިއަށް ގެންދާ މި މަޝްރޫއަކީ ދިވެހިރާއްޖޭގެ އިޔާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީ އިތުރު ކުރުމަށް ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އެންބަވަޔަރަމަންޓް މިނިސްޓްރީ އިން ބުނެ އެވެ.
މި މަޝްރޫއު އެއްކޮށް ނިމި އޮޕަރޭޝަނަށް އައުމާއެކު، ދިވެހިރާއްޖޭގެ ޖުމްލަ ސޯލާ ކެޕޭސިޓީ 34 މެގަވޮޓަށް އިތުރު ވެގެންދާނެ އެވެ. އަދި 2035 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ އިން އުފައްދާ ކަރަންޓުގެ ޖުމްލަ އިންސައްތަ 24 އަށް އަރާނެ އެވެ. މީގެ ސަބަބުން، ކޮންމެ އަހަރަކު އެތެރެކުރާ ޑީސަލުގެ އަދަދު 15 މިލިއަން ލީޓަރު ކުޑަވެ، ޤައުމަށް އަހަރަކު 180 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ އެވެ.
މި މަޝްރޫއަކީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ 33 އިންސައްތައިގެ އިޔާދަކުރަނިވި ހަކަތައިގެ އަމާޒު ހާސިލު ކުރުމަށް ދެވޭ ވަރަށް ބޮޑު އެއްބާރުލުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް