ބްރެޒިލްގެ ރައީސް ލޫލާ އަށް، ރައީސް މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެ
ލިޔުންތެރިޔާ
ރައީސް މުޢިއްޒު އާއި ބްރެޒިލްގެ ރައީސް ލޫލާ.
ބްރެޒިލްގައި ބޭއްވި އާންމު އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އެ ޤައުމުގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ އަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފި އެވެ.
ރައީސް މުޢިއްޒުގެ މެސެޖުގައި، އެ އިންތިޚާބުގައި ރައީސް ޑަ ސިލްވާ އަށް، ލިބިވަޑައިގެންނެވި ކާމިޔާބީ އަކީ އެމަނިކުފާނުގެ ޒައާމަތަށް ބްރެޒިލްގެ ރައްޔިތުންގެ މެދުގައި އޮތް އިތުބާރާއި ޔަޤީންކަން ހާމަވެގެން ދިޔަ ކަމެއް ކަމުގައި ފާހަގަ ކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިޚުލާސްތެރިކަމާއެކު މަރުޙަބާ ދަންނަވާފައިވެ އެވެ.
މީގެ އިތުރުން، ރައީސް ޑަ ސިލްވާ ޤައުމަށް ކޮށްދެއްވަމުން ގެންދަވާ އިޚުލާސްތެރި ޚިދުމަތްތައް ފާހަގަ ކުރައްވައި، ކުރިމަގުގައި އިތުރު ކާމިޔާބުތައް ހާސިލުވުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. އަދި ރައީސް ޑަ ސިލްވާ އަށް ފުރިހަމަ ސިއްޙަތާއި ދުޅަހެޔޮ ކަމަށް އެދިވަޑައިގަންނަވަމުން، ބްރެޒިލްގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ކުރިއެރުމާއި ފާގަތިކަމަށް ވެސް ރައީސް މުޢިއްޒު އެދިވަޑައިގެންފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް