Article Top
ޚަބަރު •

"ފޯރަމްގެ ސަބަބުން ރާއްޖެ އަށް ކުރިއެރުން ލިބޭނެ ފުރުސަތުތައް ދެނެގަނެ، އެ ދާއިރާ ތަކަށް އިސްކަން ދެވޭނެ"

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

"ފޯރަމްގެ ސަބަބުން ރާއްޖެ އަށް ކުރިއެރުން ލިބޭނެ ފުރުސަތުތައް ދެނެގަނެ، އެ ދާއިރާ ތަކަށް އިސްކަން ދެވޭނެ"

ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމްގައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ.

މިއަދު ފެށި ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމްގެ ސަބަބުން، ރާއްޖެ އަށް ކުރިއެރުން ލިބޭނެ ފުރުސަތުތައް ދެނެގަނެ، އެ ދާއިރާ ތަަކަށް އިސްކަން ދީގެން މަސައްކަތް ކުރުމަށް މަގުފަހި ވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް އަކީ ދެ ޤައުމުގެ ދެ މެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރުކޮށް، އެ ދާާއިރާ އިން އެއްބާރުލުން އިތުރު ކުރުމަށް މުހިންމު ފޯރަމެއް ކަމަށެވެ. އަދި މިއީ ރާއްޖެ އަށް ކުރިއެރުން ލިބޭނެ ފުރުސަތުތައް ދެނެގަނެވޭނެ ކަމަށް ވެސް މިނިސްޓަރު ސައީދު ވަނީ ވިދާޅުވެފައި އެވެ.

Advertisement
Article Inside

މީގެ އިތުރުން މިނިސްޓަރު ސައީދު ވިދާޅުވެފައި ވަނީ، ޗައިނާ އާއި ރާއްޖެއާ ދެމެދުގައި ވިޔަފާރީގެ ގުޅުންތައް ބަދަހި ކުރުމާ އެކު، އެއްބާރުލުން އިތުރު ކުރުމަށް ވެސް ދެ ޤައުމުން ބޭނުންވާ ކަމަށެވެ. އަދި މި ފޯރަމް އިން ވެސް އެކަން ރަމްޒުކޮށްދޭ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ. އެކަން ފާހަގަ ކުރައްވައި މިނިސްޓަރު ސައީދު ވިދާޅުވީ، މިހާރު ކުރިއަށްދާ މޯލްޑިވްސް އެކްސްޕޯ އާއެކު، ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް ކުރިއަށް ދިޔުމަކީ ލިބޭ ކުރިއެރުމެއް ކަމަށެވެ.

ހަމައެހެންމެ މިނިސްޓަރު ސައީދުގެ ވާހަކައިގައި ވަނީ، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި ފަހުން، ޗައިނާ އާއެކު އޮންނަ ގުޅުން ބަދަހިކޮށް، ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފާހަގަ ކުރައްވައިފަ އެވެ. ހަމަ އެއާއެކު، ޗައިނާ އާއި ރާއްޖެއާ ދެމެދު އަމަލު ކުރަމުން އަންނަ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) އަކީ ފައިދާހުރި، އަދި ދެ ޤައުމުގެ ގުޅުމަށް މުހިންމު އެއްބަސްވުމެއް ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް