Article Top
ކުޅިވަރު •

ޓިއާ އީގެ ގަދަ 16 ރޭންކިންގައި ޒުވާން ޓީމު މިއަދު ގުއާމާ ދެކޮޅަށް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ޓިއާ އީގެ ގަދަ 16 ރޭންކިންގައި ޒުވާން ޓީމު މިއަދު ގުއާމާ ދެކޮޅަށް

ރާއްޖޭގެ 15 އަހަރުން ދަށުގެ ޓީމް -- ފޮޓޯ/އެފްއޭއެމް

ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕް އެންޑް ފެސްޓިވަލްގެ ޓިއާ އީ ގެ 145 ވަނަ އާއި 160 ވަނައާ ދެމެދުގެ ގަދަ 16 ގެ މެޗުގައި، ރާއްޖޭގެ ޒުވާން ގައުމީ ޓީމު މިއަދު ގުއާމާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.

ރާއްޖެ އާއި ގުއާމް ބައްދަލުކުރާނީ އިރު އޮއްސި ރާއްޖެ ގަޑިން 18:00 ގަ އެވެ.

Advertisement
Article Inside

ޓޯނަމަންޓް ފޭސްގައި މިއަދު ހެނދުނު ކުޅުނު ރައުންޑް އޮފް 32 ގެ މެޗުގައި ރާއްޖެ ވަނީ އެސްވަޓީނީ އަތުން 3-0 އިން ބަލިވެފަ އެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެފައި އޮތް ނަމަވެސް، އެސްވަޓީނީން ވަނީ ދެވަނަ ހާފުގައި ތިން ލަނޑު ޖަހައި މެޗު ކާމިޔާބުކޮށްފަ އެވެ. މި މެޗުގައި ދެ ޓީމުންވެސް ގިނަ ހަމަލާތަކެއް އުފެއްދިއިރު، ރާއްޖޭގެ ގޯލްކީޕަރު ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ދިފާއުކޮށް މޮޅު ކުޅުމެއް ދައްކާފަ އެވެ.

މި މުބާރާތަކީ ކުޅުންތެރިން ކުރިއެރުވުމަށް ފީފާއިން އެއްވެސް ޓީމެއް ކަޓައިގެން ނުދާ ގޮތަށް ފަރުމާކޮށްފައިވާ ފެސްޓިވަލަކަށް ވުމުން، ބަލިވި ނަމަވެސް ރާއްޖެ މުބާރާތުން ވަތްކެއް ނުވާނެ އެވެ. އެސްވަޓީނީ އަތުން ބަލިވުމުން ރާއްޖެ ދެން ވާދަކުރަން ޖެހެނީ 145-160 ވަނަ ރޭންކިން ބްރެކެޓްގަ އެވެ.

މި ބުރުގައި ރާއްޖެ ގުއާމާ ވާދަ ކުރަން ޖެހެނީ، ރައުންޑް އޮފް 32 ގައި ގުއާމް، ފަލަސްތީނާ ވާދަކޮށް 2-1 އިން ބަލިވުމުންނެވެ.

މިއަދު ހަވީރު ރާއްޖެ އާއި ގުއާމް ކުޅޭ މެޗުން މޮޅުވާ ޓީމަކަށް 145-152 ވަނަ މަގާމް ހޮވާ ކުއާޓާ ފައިނަލް ބުރަށް ދިއުމުގެ ފުރުސަތު ލިބޭނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް