Article Top
ވިޔަފާރި •

ދަނޑުވެރިކަން ކުރިއެރުވުން ހިމެނޭހެން ޗައިނާއާއި ރާއްޖެއާ ދެމެދު މުހިންމު 5 އެއްބަސްވުމެއް

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ދަނޑުވެރިކަން ކުރިއެރުވުން ހިމެނޭހެން ޗައިނާއާއި ރާއްޖެއާ ދެމެދު މުހިންމު 5 އެއްބަސްވުމެއް

ރާއްޖެއާ ޗައިނާއާ ދެމެދު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ތެރެއިން -- ފޮޓޯ/ އިކޮނަމިކް މިނިސްޓްރީ

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން މުހިންމު ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ މިހާރު ކުރިއަށްދާ ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމްގައެވެ.

Advertisement
Article Inside

ޗައިނާއާ ރައްޖެއާ ދެމެދު ވެވުނު އެއްބަސްވުންތަކުގެ ތެރޭގައި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ އިތުރުން އަމިއްލަ ވިޔަފާރިތައް ހިމެނޭހެން ވެފައިވާ އެއްބަސްވުންތައް ހިމެނެއެވެ.

ޗައިނާއާ ރާއްޖެއާ ދެމެދު ވެވުނު އެެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ:

އިގްތިސާދީ ދާއިރާއިން އެއްބާރުލުން އިތުރުކުރުން

އިގްތިސާދީ ދާއިރާއިން އެއްބާރުލުން އެއްބާރުލުން އިތުރުކުރުމަށް ވެވުނު އެއްބަސްވުމަކީ އިޤުތީޞާދީ މަސައްކަތްތަކުގައި ގުޅުން ބަދަހިކޮށް އެހީތެރިކަން ދިނުމަށް، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި، ޗައިނާގެ ސަންޔާ މުނިސިޕަލް ބިއުރޯ އޮފް ކޮމާސް، ދަ ސަންޔާ އިންވެސްޓްމަންޓް ޕްރޮމޯޝަން ބިއުރޯއާއި ދެމެދު އެއްބަސްވުން ޤާއިމުކުރުމަށް ވެވުނު އެއްބަސްވުމެކެވެ.

ދަނޑިވެރިކަން ކުރިއެރުވުން

ދަނޑުވެރިކަން ކުރިއެރުވުމަށް ވެވުނު އެއްބަސްވުމަކީ ދިރާސާ ކުރުމާއި، އީޖާދީ މަސައްކަތްތަކާއި ތަމްރީން ދިނުމާއި، ދަނޑުވެރިކަމާ ގުޅޭ ޑެމޮންސްޓްރޭޝަން ސެންޓަރެއް ޤާއިމުކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީއާ ދެމެދު ޤާއިމުކުރުމަށް ވެވުނު އެއްބަސްވުމެކެވެ.

މަސްވެރިކަން ކުރިއެރުވުން

މަސްވެރިކަން ކުރިއެރުވުމުގެ ރޮނގުން ދެ އެއްބަސްވުމެއްގައި ޗައިނާއާ ރާއްޖެއާ ދެމެދު ދެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އެގޮތުން ފުރަތަމަ އެއްބަސްވުމަކީ ގަނޑުކުރި މަސް ބޭރު ކުރުމަށް މިފްކޯއާއި ޗައިނާގެ ސިނޮމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާ ދެމެދު ވެފައިވާ އެއްބަސްވުމެކެވެ.

ދެވަނަ އެއްބަސްވުން ވެވުނީ މަހުގެ އުފެއްދުންތައް ބޭރު ކުރުމަށް ހޮރައިޒަން ފިޝަރީޒްއާއި ސިނޮމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާ ދެމެދުއެވެ.

އަސާސީ މުދާ އެތެރެކުރުން

އަސާސީ ކާބޯތަކެއްޗާއި އެހެނިހެން މުދާ ރާއްޖެއަށް އެތެރެކުރުމުގައި ފަސޭހަތަކާއި އެހީތެރިކަން ހޯދުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ސިނޮމެކް ހައިނާން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ދެމެދު ވަނީ އެއްބަސްވެފައެވެ.

މި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖެއަށް ވިޔަފާރީގެ އިތުރު ފުރުޞަތުތައް ފަހިވެ، އޭގެ މަންފާ އިޤުތިޞާދަށް ކުރާނެއެވެ. އަދި ދެ ޤައުމުގެ ގުޅުމުގެ ތެރެއިން ރާއްޖެއަށް އިތުރު ފުރުޞަތުތައް ހޯދުމަށްވެސް މަގުފަހިވާނެއެވެ.

ފަތުވެރިކަމުގެ ދާއިރާއާއި ގްރީން އަދި ބްލޫ އިކޮނޮމީގެ މަސައްކަތްތަކާއި ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކުގައި ޗައިނާއަކީ ވަރަށް ބޮޑު ދަޢުރެއް އަދާކުރަމުންދާ ޤައުމެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް