11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން އެމްޓީސީސީއަށް
ލިޔުންތެރިޔާ
11 ރަށުގެ މަގު ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން ---
11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
މި އެއްބަސްވުންތަކުގެ ދަށުން މަޝްރޫއުތައް ހިންގުމަށް ހަމަޖެހިފައިވާ ރަށްތަކަކީ އއ. ފެރިދޫ، އއ. މަތިވެރި، ނ. މަގޫދޫ، ރ. އިންނަމާދޫ، ރ. ރަސްގެތީމު، ށ. ބިލެތްފަހި، ށ. މަގޫދޫ، ބ. ދަރަވަންދޫ، ބ. ކެންދޫ އަދި ފ. ފީއަލީގެ އިތުރުން ކ. ދިއްފުށިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އިސްމާއިލް ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ މުހައްމަދު ޖަމްޝީދު އެވެ.
އެމްޓީސީސީއާ މަގުހަދަން ހަވާލުކޮށްފައިވާ 11 ރަށުގައި ކުރަން ހަމަޖެހިފައި މަސައްކަތްތައް:
އއ ފެރިދޫ – ތާރު އަޅައިގެން 2.1 ކިލޯމީޓަރުގެ މަގު ހެދައި ފެންހިންދާ ނިޒާމު ގާއިމުކޮށް މަގުބައްތި ޖެހުން
ނ. މަގޫދޫ - ތާރު އަޅައިގެން 2.1 ކިލޯމީޓަރުގެ މަގު ހެދައި ފެންހިންދާ ނިޒާމު ގާއިމުކޮށް މަގުބައްތި ޖެހުން
ރ. އިންނަމާދޫ - ތާރު އަޅައިގެން 2.6 ކިލޯމީޓަރުގެ މަގު ހެދައި ފެންހިންދާ ނިޒާމު ގާއިމުކޮށް މަގުބައްތި ޖެހުން
ރ ރަސްގެތީމު - ތާރު އަޅައިގެން 2.1 ކިލޯމީޓަރުގެ މަގު ހެދައި ފެންހިންދާ ނިޒާމު ގާއިމުކޮށް މަގުބައްތި ޖެހުން
ށ. ބިލެތްފަހި - ތާރު އަޅައިގެން 2.4 ކިލޯމީޓަރުގެ މަގު ހެދައި ފެންހިންދާ ނިޒާމު ގާއިމުކޮށް މަގުބައްތި ޖެހުން
ށ. މަގޫދޫ- ތާރު އަޅައިގެން 3.2 ކިލޯމީޓަރުގެ މަގު ހެދައި ފެންހިންދާ ނިޒާމު ގާއިމުކޮށް މަގުބައްތި ޖެހުން
އއ. މަތިވެރި - ވެލި އަޅައިގެން 2.3 ކިލޯމީޓަރުގެ މަގު ހެދައި ފެންހިންދާ ނިޒާމު ގާއިމުކޮށް މަގުބައްތި ޖެހުން
ބ. ދަރަވަންދޫ - ތާރު އަޅައިގެން 2.55 ކިލޯމީޓަރުގެ މަގު ހެދައި ފެންހިންދާ ނިޒާމު ގާއިމުކޮށް މަގުބައްތި ޖެހުން
. ކެންދޫ - ވެލި އަޅައިގެން 2.4 ކިލޯމީޓަރުގެ މަގު ހެދައި ފެންހިންދާ ނިޒާމު ގާއިމުކޮށް މަގުބައްތި ޖެހުން
ފ. ފީއަލި - ތާރު އަޅައިގެން 2.46 ކިލޯމީޓަރުގެ މަގު ހެދައި ފެންހިންދާ ނިޒާމު ގާއިމުކޮށް މަގުބައްތި ޖެހުން
ކ. ދިއްފުށި - ތާރު އަޅައިގެން އަދި ވެލި އަޅައިގެން 2.3 ކިލޯމީޓަރުގެ މަގު ހެދައި ފެންހިންދާ ނިޒާމު ގާއިމުކޮށް މަގުބައްތި ޖެހުން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް