އަންނަ އަހަރަށް ލަފާކޮށް 59.7 ބިލިއަން ރުފިޔާގެ އުންމީދީ ބަޖެޓު ހުށަހަޅައިފި
ލިޔުންތެރިޔާ
މިނިސްޓަރު ޒަރީރު --
އަންނަ އަހަރަށް ލަފާކޮށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފިއެވެ.
މިއަދު މަޖިލީހުގައި ބަޖެޓު ހުށަހަޅުއްވައުދެއްވައިފައިވަނީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރުއެވެ.
ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގެ ހުރިހާ އަސާސެއް ބިނާކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ކުރައްސަވައިފާ 2040 ވަނަ އަހަރު އަންނައިރު ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ހެދުމުގެ މަގު ޗާޓެއްގެ ގޮތުގައެވެ.
އަންނަ އަހަރުގައި އާމްދަނީ އިތުރުކުރުމަށް އެއްވެސް ޓެކުހެއް މަތިނުކުރުމަށް ނިންމައިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ ބަދަލުގައި ދައުލަތުގެ ޓެކުހެގެ ނިޒާމު ހަރުދަނާކޮށް މިހާރު ހުރި ލޫޕް ހޯލްސްތައް ބައްދައި ޒަމާނީ އީ އިންވޮއިސް ނިޒާމެއް ގާާއިމްކުރަން ނިންމައިފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭނީ ޒަމާނީ އުމްރާނީ ވަސީލަތްތަކާއި، ޒަމާނީ ދަތުރުފަތުރުގެ ނިޒާމާއި، ޒަމާނީ ސިއްހީ ހިދުމަތާއި، ފެންވަރު ރަނގަޅު ތައުލީމާއި އިޖުތިމާއީ ރައްކާތެރިކަމުގެ އިތުރުން ހަމަހަމަ ފުރުސަތުތައްކަމަށެވެ.
ޖުމުލަކޮށް އަންނަ އަހަރުގެ ބަޖެޓު ވާނީ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ ވަށާޖެހޭ ނިޒާމެއް ގާއިމްކުރެވޭނެ ބަޖެޓަކަށްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިހުރިހާ ކުރިއެރުމެއް ވެސް ހޯދާނީ ދިވެހިންގެ އަމިއްލަ ވަންތަކަމާ އެއްބައިވަންތަކަމާ މިނިވަންކަން ހިމަޔަތްކުރެވިރެވިފައި މާހައުލެއްގައިކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިއަހަރަށް ފާސްކޮށްފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެެންކަމުން މިއަހަރު ހުށަހަޅުއްވައިފައިވަނީ މިއަހަރު ހުށަހެޅި ބަޖެޓަށްވުރެ 7 އިންސައްތް ކުޑަ ބަޖެޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް