Article Top
ޚަބަރު •

އިންސްޕެކްޓާ ކޯހުގެ 7 ވަނަ ބުރު ވާނީގައި ފަށައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އިންސްޕެކްޓާ ކޯހުގެ 7 ވަނަ ބުރު ވާނީގައި ފަށައިފި

"އިންސްޕެކްޓާ" ކޯހުގެ 7 ވަނަ ބުރުގައި ބައިވެރިވާ އޮފިސަރުން.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް އިން ކުރިއަށް ގެންދާ "އިންސްޕެކްޓާ" ކޯހުގެ 7 ވަނަ ބުރު ދ.ވާނީ ކެމްޕަހުގައި ފަށައިފި އެވެ.

ޖުމުލަ 81 ކަމިޝަންޑު އޮފިސަރުންނާ އެކު މި ކޯސް ކުރިއަށް ގެންދަނީ މިއަދުން ފެށިގެން 9 ހަފުތާގެ މުއްދަތަކަށް ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.

މި ކޯހުގެ ސަބަބުން، އޮފިސަރުންގެ ކިބައިގައި ރަނގަޅު ނިންމުންތައް ނިންމުމުގެ ޤާބިލުކަމާއި، އަޚުލާޤީ މިންގަނޑު ތަކުގެ މައްޗަށް ބިނާވެފައިވާ ލީޑަޝިޕް ސިފަތަކާއި، ޒަމާނީ ފުލުހުންގެ ޚިދުމަތުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ބޭނުންވާ އައު އުކުޅުތައް ދަސްވެގެންދާނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން މި ކޯހުގެ މަޤުސަދަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ މިޑިލް މެނޭޖްމަންޓް ލެވެލްގައި މަސައްކަތްކުރާ ފުލުހުންނަކީ މަސައްކަތަށް ޤާބިލު، ހުނަރާއި ތައުލީމު ލިބިފައިވާ، އެންމެ ރަނގަޅު ނަތީޖާ ނެރޭވޭ ފަދަ ޤާބިލުކަން ލިބިފައިވާ އޮފިސަރުންނަށް ހެދުމާއި މެނޭޖީރިއަލް ލެވެލްގައި އަދާކުރަން ޖެހޭ މަސްއޫލިއްޔަތު ތަކަށް މުވައްޒަފުން ތައްޔާރު ކޮށްދިނުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް