Article Top
ކުޅިވަރު •

ސާފްގެ ކުރިން ބަންގްލަދޭޝްގެ އެމެރިކާ ފޯވާޑަށް އަނިޔާ ވެއްޖެ

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ސާފްގެ ކުރިން ބަންގްލަދޭޝްގެ އެމެރިކާ ފޯވާޑަށް އަނިޔާ ވެއްޖެ

ސިލިވަން 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި -- ފޮޓޯ/ފޭސްބުކް

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ކުރިން ބަންގްލަދޭޝް ޓީމުގައި ހިމަނާފައިވާ އެމެރިކާއަށް އުފަން ފޯވާޑް ރޮނާން ސުލިވަން އަށް އަނިޔާ ވެގެން މުބާރާތުގައި ނުކުޅެވޭނެކަން ހާމަވެއްޖެ އެވެ.

ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަން (ބީއެފްއެފް) ގެ ނައިބު ރައީސް ފަހަދު ކަރީމް، ބަންގްލަދޭޝްގެ ނޫހެއްކަމަށްވާ 'ދަ ޑެއިލީ ސްޓާ' އަށް މައުލޫމާތު ދެމުން ވިދާޅުވީ، ސިލިވަން އަށް އަނިޔާގެ ސަބަބުން ޓީމާ ނުގުޅޭނެކަން ބުރާސްފަތި ދުވަހު އަންގާފައިވާ ކަމަށެވެ.

"އޭނާ (ސުލިވަން) އަށް ނާދެވޭނެކަމަށް މިދިޔަ ބުރާސްފަތި ދުވަހު އަހަރެން ކައިރީގައި ބުނި، އަދި ވަރަށް ބޮޑަށް މައާފަށް އެދުނު،" ފަހަދު ވިދާޅުވި އެވެ.

އުމުރުން 18 އަހަރުގެ ސުލިވަން ވަނީ މި އަހަރުގެ ކުރީކޮޅު ބޭއްވި ސާފް 20 އަހަރުން ދަށުގެ މުބާރާތް ބަންގްލަދޭޝް އަށް ހޯދައިދިނުމަށް މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. ސީނިއާ ގައުމީ ޓީމުން ފުރަތަމަ ފަހަރަށް ފުރުސަތު ލިބި، އޭނާ ބަންގްލަދޭޝް ދިޔުމަށް ހަމަޖެހިފައި އޮތީ މާދަމާ ރޭ ނަމަވެސް، މިހާރު އެ ދަތުރު ވަނީ ކެންސަލްވެފަ އެވެ.

މިއީ އަށް އަހަރަށް ފަހު ބަންގްލަދޭޝްގައި ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރާ ފަހަރެެވެ. މި މުބާރާތުގައި ބަންގްލަދޭޝް ހިމެނެނީ ގްރޫޕް އޭގައެވެ. އެ ޓީމުގެ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހު ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ.

ހެޑް ކޯޗު ތޯމަސް ޑޫލީގެ އިރުޝާދުގެ ދަށުން ކުޅޭ ބަންގްލަދޭޝް ޓީމަށް، މުބާރާތުގެ ފުރަތަމަ މެޗުގައި ހަމްޒާ ޗައުދަރީ އަދި ފަރުހާން އަލީ ވާހިދު ވެސް ނުފެނިދާނެ ކަމަށް ބަންގްލަދޭޝްގެ ނޫސްތަކުން ރިޕޯޓްކުރެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް