Article Top
ޚަބަރު •

ނޮވެމްބަރު ތިނެއްގެ އައްޑަނަ ފަސް ބޭފުޅަކަށް އަރުވައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ނޮވެމްބަރު ތިނެއްގެ އައްޑަނަ ފަސް ބޭފުޅަކަށް އަރުވައިފި

ނޮވެމްބަރު ތިނެއްގެ އައްޑަނަ ރައީސް މުޢިއްޒު ބޭފުޅަކަށް ހަވާލު ކޮށްދެއްވަނީ.

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި، ނޮވެމްބަރު 3 ގެ އައްޑަނަ ފަސް ބޭފުޅަކަށް އަރުވައިފި އެވެ.

އެބޭފުޅުންނަށް އައްޑަނަ ހަވާލު ކޮށްދެއްވީ، ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އެވެ.

ރޭގެ ޖަލްސާގައި ނޮވެމްބަރު 3 ގެ އައްޑަނަ ލިބިވަޑައިގެންނެވި ބޭފުޅުންނަކީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ އުދުވާނީ ހަމަލާގެ ވަގުތުގައި ރެކީ ޕެޓްރޯލަށް ނިކުންނެވި ބޭފުޅުންގެ ތެރެއިން ދުނިޔޭގައި ތިއްބެވި 5 ބޭފުޅުން ކަމަށްވާ ސާޖެންޓް ފަސްޓްކްލާސް (ރިޓަޔާޑް) އިބްރާހީމް ޝަރީފް އާއި، ސްޓާފް ސާޖެންޓް (ރިޓަޔާޑް) ޙުސައިން ޢަލީ އާއި، ސާޖެންޓް (ރިޓަޔާޑް) ޙުސައިން މަނިކު އާއި، ކޯޕްރަލް (ރިޓަޔާޑް) ޢަބްދުﷲ ނަސީމް އަދި، ލާންސް ކޯޕްރަލް (ރިޓަޔާޑް) ޢަބްދުﷲ މުފީދު އެވެ.

މީގެ އިތުރުން މި ޖަލްސާގައި، ނޮވެމްބަރު 3 ގެ ހުށަހެޅުން "ލޭގެ ޖިހާދު" ގެ ނަމުގައި، ދިވެހި ސިފައިން ތަމްސީލެއް ހުށަހެޅި އެވެ. ރޭގެ ޖަލްސާގައި ދިވެހި ސިފައިންގެ ޤައުމީ ލަވަ އަލްބަމް ނެރެދެއްވީ ރައީސް މުޢިއްޒު އެވެ. އަދި އެ ޖަލްސާގައި ރައީސް މުޢިއްޒު ވަނީ ދިވެހި ޤައުމާ މުޚާޠިބު ކުރައްވާފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް