Article Top
ޚަބަރު •

އަދަދުތަކުން މިނިސްޓަރު ސައީދު ސާފުކޮށްދެއްވީ، ޑޮލަރުގެ މައްސަލަ ޙައްލު ކުރަން ސަރުކާރުން ކޮށްފައިވާ މަސައްކަތް!

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އަދަދުތަކުން މިނިސްޓަރު ސައީދު ސާފުކޮށްދެއްވީ، ޑޮލަރުގެ މައްސަލަ ޙައްލު ކުރަން ސަރުކާރުން ކޮށްފައިވާ މަސައްކަތް!

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ.

ޑޮލަރުގެ މައްސަލަ ޙައްލު ކުރެއްވުމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު އަދަދު ތަކުން ސާފުކޮށްދެއްވައިފި އެވެ.

މިނިސްޓަރު ސައީދު މިހެން ވިދާޅުވީ، ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިއަދުގެ ޖަލްސާ އަށް މިނިސްޓަރު ސައީދު ހާޒިރުވެ ވަޑައިގެންނެވީ، އިދިކޮޅު އެމްޑީޕީ އިން ހުށަހެޅި މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަށް ޖަވާބުދާރީވުމަށެވެ.

އެމްޑީޕީ އިން މިނިސްޓަރު ސައީދުގެ އިތުބާަރު ނެތް ކަމަށް ހުށަހެޅި ކަންތައްތަކުގެ ތެރޭގައި، ޑޮލަރުގެ މައްސަލަ ޙައްލު ނުވެ އޮތް ކަމަށް ވަނީ ފާހަގަކޮށްފައި އެވެ. ސުވާލު ތަކަށް ޖަވާބުދަރީވުމަށް ލިބުނު ފުރުސަތުގައި މިނިސްޓަރު ސައީދު ވަނީ، ޑޮލަރުގެ މައްސަލަ ޙައްލު ކުރުމަށް މި ސަރުކާރުން ކޮށްފައިވާ ކަންކަން ތަފްސީލު ކޮށްދެއްވައިފަ އެވެ.

އެގޮތުން މިނިސްޓަރު ސައީދު ވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ޓީޓީގެ ޚިދުމަތާއި، ތައުލީމާއި، ރާއްޖެ އިން ބޭރަށް ދަތުރު ކުރުމުން، ޞިއްޙީ ކަންކަމުގެ އިތުރުން ޙައްޖާއި އުމުރާގެ ކަންކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ދޫކޮށްފައިވާ އަދަދު ތަކާއި، ރައީސް މުޢިއްޒުގެ ސަރުކާރުގެ މިވީ ތިން އަހަރުގައި ދޫކޮށްފައިވާ އަދަދުތައް ސާފުކޮށްދެއްވައިފަ އެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި:

2021 ވަނަ އަހަރު ގައި ޖުމުލަ 253.8 މިލިއަން އެމެރިކާ ޑޮލަރު ވަނީ ދޫކޮށްފައި އެވެ.

2022 ވަނަ އަހަރު އަހަރު، 379.2 މިލިއަން އެމެރިކާ ޑޮލަރު ވަނީ ދޫކޮށްފައި އެވެ.

2023 ވަނަ އަހަރު، 442.56 މިލިއަން އެމެރިކާ ޑޮލަރު ވަނީ ދޫކޮށްފައި އެވެ.

މިއީ ޖުމުލަ 1075 މިލިއަން އެމެރިކާ ޑޮލަރެވެ.

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ތިން އަހަރު ދުވަހުގެ ތެރޭގައި:

2024 ވަަަނަ އަހަރު 486.53 މިލިއަން އެމެރިކާ ޑޮލަރު ވަނީ ދޫކޮށްފައި އެވެ. މިއީ 2021 ވަނަ އަހަރާ އަޅާ ބަލާއިރު، 97 އިންސައްތައިގެ ކުރިއެރުމެކެވެ.

2025 ވަނަ އަހަރު 733.82 މިލިއަން އެމެރިކާ ޑޮލަރު ވަނީ ދޫކޮށްފައި އެވެ.

2026 ވަނަ އަހަރުގެ މިހާތަނަށް 718.53 މިލިއަން އެމެރިކާ ޑޮލަރު ވަނީ ދޫކޮށްފައި އެވެ.

މިއީ ޖުމުލަ 1942.45 މިލިއަން އެމެރިކާ ޑޮލަރެވެ.

މީގެ މާނަ އަކީ 80 އިންސައްތައިގެ އިތުރުވުމެއް އައިސްފައިވުން ކަމަށާއި، ގާތް ގަނޑަކަށް މިއީ މަހަކަށް 97 އިންސައްތައިގެ އިތުރުވުމެއް ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ. މިނިސްޓަރު ސައީދު ވިދާޅުވީ، ބޭންކު ރޭޓުގައި މިހާތަނަށް އެންމެ ގިނަ ޑޮލަރު ދޫކޮށްފައި ވަނީ މި ސަރުކާރުން ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް