އަހަރުގެ މިހާތަނަށް ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 2 ބިލިއަން ރުފިޔާ ދޫކޮށްފި
ލިޔުންތެރިޔާ
ފިނޭންސް މިނިސްޓްރީ ހިންގަމުން އަންނަ އިމާރާތް.
ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ދޫކުރަމުން އަންނަ ބްލޮޑް ގްރާންޓުގެ ގޮތުގަައި އަހަރުގެ މިހާތަނަށް 2 ބިލިއަން ރުފިޔާ ދޫކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި، ނިމުނު އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލްތަކަށް ވަނީ ބްލޮކް ގްރާންޓުގެ ގޮތުގައި 2 ބިލިއަން ރުފިޔާ ދޫކޮށްފައި އެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދޫކުރި 1.7 ބިލިއަން ރުފިޔާ އަށް ވުރެ އިތުރު އަދަދެކެވެ.
ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރުމަށް މިއަހަރު ކަނޑަ އަޅާފައި ވަނީ 2.4 ބިލިއަން ރުފިޔާ އެވެ. މިއީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ކައުންސިލްތަަކަށް ދެވޭ އެންމެ ބޮޑު ބްލޮކް ގްރާންޓް އެވެ. މީގެ އިތުރުން، ކުރިއަށް އޮތް 2027 ވަނަ އަހަރު ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރަން ބަޖެޓު ކޮށްފައި ވަނީ 2.5 ބިލިއަން ރުފިޔާ އެވެ.
ކައުންސިލްތަކަށް ދޫކޮށްފައިވާ ބްލޮކް ގްރާންޓުގެ ތެރެއިން އެންމެ ގިނަ އަދަދެއް ލިބިފައި ވަނީ މާލެ ސިޓީ ކައުންސިލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް