51 ގޮނޑިއާއެކު، އެމެރިކާގެ ސެނެޓުގެ މެޖޯރިޓީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީ އަށް
ލިޔުންތެރިޔާ
ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުތަކެއް އުފާ ފާޅު ކުރަނީ.
އެމެރިކާގެ ސެނެޓުގެ މެޖޯރިޓީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީ އިން ހޯދައިފި އެވެ.
އެމެރިކާގެ ސެނެޓުގެ 51 ގޮނޑި ކާމިޔާބުކޮށް، ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓިކް ޕާޓީ އިން މިހާރު ވަނީ ރަސްމީކޮށް ހޯދާފައި އެވެ.
މި ކާމިޔާބީއާ ގުޅިގެން ސެނެޓަރު ބާނީ ސޭންޑާސް ވިދާޅުވީ، ކޮންގްރެސްގެ ދެ މަޖިލިސް ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އާއި ސެނެޓުގެ ކޮންޓްރޯލް މިހާރު ޑިމޮކްރެޓިކް ޕާޓީ އަށް ލިބިފައިވާ ކަމަށާއި، މީގެ ސަބަބުން އެމެރިކާާގެ ރަައީސް ޑޮނަލްޑް ޓްރަމްޕް ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސޭންޑާސް އިތުރަށް ވިދާޅުވީ، އާމްދަނީ އާއި މުއްސަނދިކަމުގެ ފަރަގު އިންތިހާ އަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ރައްޔިތުންނަށްޓަކައި މިއަށް ވުރެ ގިނަ މަސައްކަތް ތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި މަސައްކަތްތެރި އާއިލާތަކުގެ ހައްގުގައި ވަރުގަދަ އަށް ވަކާލާތު ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ސޭންޑާސް ވިދާޅުވީ، މަސައްކަތްތައް ނުކޮށް ދެއްކޭނެ އެއްވެސް އުޒުރެއް ދެން ނޯންނާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް