މިނިސްޓަރު ސައީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީ އިން ހުށަހެޅި މައްސަލަ ނާކާމިޔާބުވެއްޖެ
ލިޔުންތެރިޔާ
ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ.
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު އަށް އިތުބާރު އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ 13 މެމްބަރުން ސޮއި ކުރުމަށް ފަހު އެވެ. އެ މައްސަލައިގައި ބުދަ ދުވަހު މިނިސްޓަރު ސައީދު ވަނީ މަޖިލީހަށް ހާޒިރުވެ ވަޑައިގެން، ޖަވާބުދާރީވެ ވަޑައިގެންފައި އެވެ.
ބުދަ ދުވަހު އޮތް ޖަލްސާގައި އެ މައްސަލަ އަށް ވޯޓަށް އަހާފައިވާއިރު، 54 މެމްބަރުން ވަނީ މިނިސްޓަރު ސައީދު އަށް އިތުބާރު އޮތް ކަމަށް ވޯޓު ދެއްވައިފަ އެވެ. ނަމަވެސް، މިނިސްޓަރު ސައީދުގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވާފައި ވަނީ އެންމެ 10 މެމްބަރުންނެވެ.
ގިނަ ކަންތައްތަކެއް ހިމަަނައި، މިނިސްޓަރު ސައީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީ އިން ހުށަހެޅި ނަމަވެސް މިނިސްޓަރު ސައީދު ވަނީ ހުރިހާ ސުވާލު ތަކަށް ޖަވާބު ދެއްވައިފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާއި، ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް ކޮށްފައިވާ މަސައްކަތްތަކާއި، ވިޔަފާރިތަކަށް އޮތް ފުރުސަތު އަދި އިންވެސްޓްމަންޓުގެ ވާހަކަތައް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް