Article Top
ކުޅިވަރު •

18 ވަނަ ގައުމީ ބާސްކެޓް ލީގު ކުރިއަށް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

18 ވަނަ ގައުމީ ބާސްކެޓް ލީގު ކުރިއަށް

އެންބީއެލް 2 ވަނަ ޑިވިޝަން މެޗެއްގައި ސަލްޓަންސް ކުޅުނެތެރިއެއް - ފޮޓޯ/އެމްބީއޭ

ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ކުރިއަށް ގެންދާ 18 ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގު (އެންބީއެލް) ފެށިގެން ކުރިއަށް އެބަ ދެއެވެ.

އެގޮތުން ބާސްކެޓްބޯޅަ ޓްރޭނިން ސެންޓަރުގައި މިހާރު ކުރިއަށް ދަނީ ފިރިހެން ދެވަނަ ޑިވިޝަންގެ ކުޅުމެވެ. ޖުމްލަ 12 ޓީމު މި ޑިވިޝަންގައި ވާދަ ކުރަމުން އަންނައިރު، ޓީމުތައް ވަނީ ދެ ގުރޫޕަކަށް ބަހާލައިފަ އެވެ.

Advertisement
Article Inside

މިދިޔަ އަންގާރަ ދުވަހު ފެށި ދެވަނަ ޑިވިޝަންގެ ގްރޫޕް އޭ ގައި ހިމެނެނީ، ސްޕާޓަންސް ، މަމްބާ ބީސީ، ނެޓްސް ބީސީ، ޔޫއެން ފްރެންޑްސް، ސްޓާސް ބީސީ އަދި ވެސްޓްއެންޑް އެސްސީ އެވެ. ގުރޫޕް ބީގައި ހިމެނެނީ، ލާންސާސް ބީސީ، ފީނިކްސް ބީސީ، އޮނި އެސްސީ، ހުޅުމާލެ އެސްސީ، ވުލްވްސް ބީސީ އަދި ސަލްޓަންސް ބީސީ އެވެ.

ދެވަނަ ޑިވިޝަނުގައި މިހާރު ކުރިއަށްދަނީ ގްރޫޕް ސްޓޭޖުގެ ސިންގަލް ރައުންޑް-ރޮބިން މެޗުތަކެވެ. ގްރޫޕް އޭ އަދި ގްރޫޕް ބީ އިން އެންމެ ކުރިހޯދާ ޓީމުތައް ކުއާޓާ ފައިނަލް އަދި ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. މި މުބާރާތުގެ ފައިނަލަށްދާ ދެ ޓީމަށް އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުން ޖާގަ ލިބޭނެ އެވެ.

ފުރަތަމަ ޑިވިޝަން ފަށަން ހަމަޖެހިފައި ވަނީ ދެވަނަ ޑިވިޝަންގެ ކުޅުން ނިމުމުން ނޮވެމްބަރު 20ގަ އެވެ.

ފިރިހެން މުބާރާތްތައް ފެށިގެން ކުރިއަށްދާއިރު، އަންހެން ޑިވިޝަންގެ ގައުމީ ލީގާއި މުބާރާތް ވަނީ ނިމިފަ އެވެ. އަންހެން ގައުމީ ލީގާއި ގައުމީ މުބާރާތް ވެސް ކާމިޔާބު ކޮށްފައި ވަނީ ކުއީންސް ބީސީ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް