ށ.ފުނަދޫ އަލިފާނުގެ ހާދިސާ: މިހާތަނަށް 90 އިންސައްތަ ކޮންޓްރޯލް ކުރެވިއްޖެ
ލިޔުންތެރިޔާ
ށ.ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަނީ.
ށ. ފުނަދޫ ބަނދަރު ސަރަޙައްދުގައި ހުރި ތެޔޮ ޝެޑެއްގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ބޮޑު ބައެއް ކޮންޓްރޯލް ކޮށްފި އެވެ.
އެމްއެންޑީއެފް އިން ބުނެފައި ވަނީ އާދީއްތަ ދުވަހުގެ ހެނދުނު ރޯވި މި އަލިފާންފަނޑު ނިއްވާލުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ގެންދަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް ވަނީ 90 އިންސައްތަ ކޮންޓްރޯލް ކުރެވިފައި ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ.
އެމްއެންޑީއެފް އިން ބުނެފައި ވަނީ އެ އަލިފާނުގެ ހާދިސާގެ މައުލޫމާތު އެ އިދާރާ އަށް ލިބިފައި ވަނީ އާދީއްތަ ދުވަހުގެ ހެނދުނު 08:00 ގައި ކަމަށެވެ. މަންޒަރު ތަކުން ފެންނަ ގޮތުގައި އެ ޝެޑުގައި ވަރަށް ބޮޑަށް އަލިފާން ރޯވި އެވެ. އެހެން ނަމަވެސް، އަލިފާން ރޯވާން ދިމާވި ސަބަބެއް މިހާތަނަށް ސާފުވެފައި ނުވެ އެވެ.
މި އަލިފާނުގެ ހާދިސާއާ ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމް) އިން ބުނެފައި ވަނީ، އަލިފާން އަދިވެސް ކޮންޓްރޯލް ނުވާއިރު، އެ ސަރަހައްދުގައި ހުރި 4 ގެޔަކާއި، 5 ވޯކްޝޮޕް/ގަރާޖަކަށް ވަނީ އަލިފާނުގެ އަސަރުކޮށްފައި ކަމަށެވެ. އަދި އެ ސަރަހައްދުގެ ގެތަކުން މީހުން ވެސް ވަނީ ހުސްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް