ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން އިންޑޮނޭޝިއާގައި ކޭމްޕް ކުރަނީ
ލިޔުންތެރިޔާ
2023 ގައި އޮތް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ބޫޓަން ކުޅުނު މެޗުގެތެރެއިން -- ފޮޓޯ/ސާފް
އަންނަ މަހު ބަންގްލަދޭޝްގައި ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، ގަޤައުމީ ފުޓްބޯޅަ ޓީމު އިންޑޮނޭޝިއާގައި ކޭމްޕްކުރުމަށް ހަމަޖެހިއްޖެ އެވެ.
މާދަމާ ރޭ ގައުމީ ޓީމު އިންޑޮނޭޝިއާ އަށް ދާން ފުރަން ހަމަޖެހިފައި ވާއިރު، މި ކޭމްޕް ކުރިއަށް ދާނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ.
ޓީމު ސާފް ޗެމްޕިއަންޝިޕަށް ބަންގްލަދޭޝް އަށް ދާން ހަމަޖެހިފައި ވަނީ ކޭމްޕް ނިންމާލުމަށް ފަހު ނޮވެމްބަރު ދެވަނަ ދުވަހު ރާއްޖެ އައުމަށް ފަހު އެވެ.
މި އަހަރުގެ ކުރީކޮޅު ގައުމީ ޓީމުގެ ކޯޗުކަމާ އަލުން ހަވާލުވި ހަންގޭރީގެ އިސްތަވާން އުރްބާނީގެ އިރުޝާދުގެ ދަށުން، ޓީމު މި މުބާރާތަށް ނުކުންނަ އިރު، ގްރޫޕް ސްޓޭޖުގައި ރާއްޖެ ހިމެނެނީ އިންޑިއާއާއި ޕާކިސްތާނާ އެކު ގްރޫޕް ބީގަ އެވެ
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ މެޗުތަކުގެ ޝެޑިއުލް:
ނޮވެމްބަރު 8: ރާއްޖެ - ޕާކިސްތާން
ނޮވެމްބަރު 11: އިންޑިއާ - ރާއްޖެ
ނޮވެމްބަރު 5 ގައި ފަށާ މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ނޮވެމްބަރު 14 ގައި އޮންނާނެ އެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 17 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް