Article Top
ޚަބަރު •

ޓެކްނިކަލް މައްސަލައިގައި ކަރަންޓު ކެނޑުނު ހުރިހާ ހިސާބަކަށް އަލުން ކަރަންޓު ދީފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ޓެކްނިކަލް މައްސަލައިގައި ކަރަންޓު ކެނޑުނު ހުރިހާ ހިސާބަކަށް އަލުން ކަރަންޓު ދީފި

ސްޓެލްކޯ

މިއަދު މާލެއާ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަރަންޓު ކެނޑުނު ނަމަވެސް މިހާރު އެ ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން މިއަދު 13:12 ގައި ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާކަމަށެވެ.

މައްސަލަ ހައްލުކޮށް ވީ އެންމެ އަވަހަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް އެ ކުންފުނީގެ މުވައްޒަފުން ކުރަމުން އަންނަކަމަށް އެ ޕޯސްޓުގައި ބުންޏެވެ.

އޭގެ 30 މިނެޓު ފަހުން، 13:40 ގައި ސްޓެލްކޯއިން ވަނީ އެ މައްސަލަ ހައްލުކޮށް މާލޭގެ ސަރަހައްދުތަކަށް ކަރަންޓު ދީފައެވެ. އަދި 2:00 ގައި ހުޅުމާލޭގެ ސަރަހައްދުތަކަށް ސްޓެލްކޯއިން ވަނީ އަލުން ކަރަންޓު ދީފައެވެ.

ސްޓެލްކޯއިން ބުނީ އެއްވެސް ކަސްޓަމަރަކަަށް ކަރަންޓުގެ ހިދުމަތް ނުލިބިވާނަމަ އަޅުގަނޑުމެންގެ ކޮންޓެކްޓް ސެންޓަރ 1545 އަށް ގުޅުއްވުން އެދޭކަމަށެވެ.

މީގެއިތުރުން މި ކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މަޢާފަށް އެދޭކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް