ސްކޭމް ކޮށްގެން 32،000 ރުފިޔާ ހޯދި ތިން މީހަކު ހައްޔަރު ކޮށްފި
ލިޔުންތެރިޔާ
ސްކޭމްގެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރި ތިން މީހުން.
އޮންލައިންކޮށް ހިންގި 32،000 ރުފިޔާގެ ސްކޭމްގެ މައްސަލައަކާ ގުޅިގެން ތިން މީހުން ހައްޔަރުކޮށްފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައި ވަނީ، މި މައްސަލަ އަކީ ވަޓްސްއެޕް މެދުވެރިކޮށް ވާހަކަ ދައްކައި، މަކަރާއި ހީލަތުން ފައިސާ އަތުލާފައިވާ ކަމަށް، 2026 އޮކްޓޫބަރު 13 ވަނަ ދުވަހު ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ހ. ވެލަސްފަރުގެ / މާލެ، ޙުސައިން ސާމިރު (40އ) އާއި، ދަފްތަރު. ނަންބަރު ރސ 6007 / މާލެ، މުޙައްމަދު ރީޙާން (33އ) އަދި، ޖޯޖެޑްވިލާ / މާލެ، އަޙުމަދު .ސުޖާއު (46އ) އެވެ
މީގެ އިތުރުން މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޙުސައިން ސާމިރު (40އ) އާއި، އަޙުމަދު ސުޖާއު (46އ) 15 ދުވަހަށް އަދި މުޙައްމަދު ރީޙާން (33އ) ހަތް ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް