ދިއްގަރު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތުގެ ބޮޑުބައި ނިންމާލައިފި
ލިޔުންތެރިޔާ
ދިއްގަރު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ކުރިއަށްދަނީ --- ފޮޓޯ/ އެމްޓީސީސީ
މ. ދިއްގަރުގައި ސަރުކާރުން އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބޮޑު ބައިގެ މަސައްކަތް ނިންމައިލައިފިއެވެ.
އެ މަސައްކަތް ކުރާ އެމްޓީސީސީއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ދިއްގަރުގައި އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ 56 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ.
އެ ކުންފުނިން ބުނީ މިހާރު އެ ރަށުގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި ކުރިއަށް ދަނީ ސީލިންގު ކުރުމުގެ މަސައްކަތްކަމަށެވެ.
ދިއްގަރުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗުމަހުގެ ތެރޭގައެވެ.
ކުރިއަށް އޮތް ދެ އަހަރު ތެރޭގައި މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މި އަމާޒު ހާސިލްކުރުމަށްޓަކައި ސަރުކާރުން އަންނަނީ ފިޓްނަސް ސެންޓަރުތައް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިފަދަ ސެންޓަރުތަކުގެ ބޭނުމަކީ، ދިވެހިންނަކީ ދުޅަހެޔޮކަމަށް ލޯބިކުރާ އެކަމަށް އަހުލުވެރިވެފައިވާ ބަޔަކަށް ހެދުން ކަމަށް ސަރުކާރުން ގަބޫލުކުރައްވަ އެވެ.
އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގަމުންނެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް