Article Top
ޚަބަރު •

ކަނޑޫދޫ މިސްކިތުގެ ބޮޑުބައި ނިމިއްޖެ، ފާހާނަތަކުގައި މުށިޖެހުން ކުރިއަށް

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ކަނޑޫދޫ މިސްކިތުގެ ބޮޑުބައި ނިމިއްޖެ، ފާހާނަތަކުގައި މުށިޖެހުން ކުރިއަށް

ކަނޑޫދޫގައި ބިނާ ކުރާ މިސްކިތުގެ މަސައްކަތް ކުރިއަށް ދަނީ--- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ތ. ކަނޑޫދޫގައި ސަރުކާރުން އަލަށް ބިނާ ކުރާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ ބޮޑުބައި ނިމިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެގައި އެ މިނިސްޓްރީން ބުނީ މިހާރު ކުރިއަށް ދަނީ މިހާރު މިސްކިތުގެ ފާހާނާބައިގެ މަސައްކަތްތަކާއި ޓައިލްސް ޖެހުމުގެ މަސައްކަތްތައްކަމަށެވެ.

Advertisement
Article Inside

އެ މިސްކިތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ދާކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ކަނޑޫދޫގައި އިމާރާތްކުރާ މިސްކިތަކީ 11.2 މިލިއަން ރުފިޔާއަށް 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށް މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މިއީ އެއްފަހަރާ 300 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ ހިމެނޭ ގޮތަށް ބިނާކުރާ މިސްކިތެކެވެ.

ޒަމާނީ ފަރުމާއަކަށް ބިނާ ކުރަމުންދާ މި މިސްކިތުގެ ހާއްސަ ސިފަތަކުގެ ތެރޭގައި، ފިރިހެނުންނާއި އަންހެނުންނަށްވެސް ވަކިން ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވުން ހިމެނެއެވެ. މިއީ ރަށުގެ އަންހެން ކަނބަލުންނަށްވެސް ފަސޭހަކަމާއެކު މިސްކިތަށް ގޮސް އަޅުކަން ފުރިހަމަކުރުމަށް ލިބިގެންދާނެ ބޮޑު ފުރުސަތެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް