Article Top
ކުޅިވަރު •

ރާއްޖޭގެ ފަރާތުން ކޮސޯވޯއާ ދެކޮޅަށް ފެނުނީ ހިތްވަރު ގަދަ ކުޅުމެއް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ރާއްޖޭގެ ފަރާތުން ކޮސޯވޯއާ ދެކޮޅަށް ފެނުނީ ހިތްވަރު ގަދަ ކުޅުމެއް

މި މެޗުގައި ރާއްޖެ ކުޅުނީ ނޫ ޖޯޒީގައި --

ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕް އެންޑް ފެސްޓިވަލްގެ ގްރޫޕް އޭގައި ދިވެހިރާއްޖެއާ ވާދަކޮށް ފަހު ހާފުގައި ޖެހި ގޯލުތަކުން 3-0 އިން ކޮސޯވޯ މޮޅުވެއްޖެ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭން އިދިކޮޅު ޓީމު ލަނޑެއް ޖެހިޔަ ނުދީ ހިފެހެއްޓި އިރު، ކޮސޯވޯ ލަނޑުތައް ޖެހީ ދެވަނަ ހާފުގެ ފުރަތަމަ 10 މިނިޓު ތެރޭގަ އެވެ.

Advertisement
Article Inside

ކުރީ ދެމެޗާ އަޅާބަލާއިރު މިރޭގެ މެޗުގައި ރާއްޖޭގެ ޒުވާން ކުޅުންތެރިން ވަނީ ޖެހިލުން ކުޑަ ކުޅުމެއް ދައްކައި، ގިނަ ހަމަލާތަކެއް ވެސް ފޮނުވާލައިފަ އެވެ.

ޖުމްލަ 189 ގައުމު ވާދަކުރާ މި މުބާރާތުގެ ގުރޫޕް ސްޓޭޖް ކުރިއަށް ގެންދަނީ ކޮލިފިކޭޝަން ފޯމެޓަކަށެވެ. ގްރޫޕް ސްޓޭޖުން އެއްވެސް ޓީމެއް މުބާރާތުން ވަތްކެއް ނުވާނެއެވެ. ގްރޫޕް ބުރުގެ މެޗުތަކުން ހޯދާ ނަތީޖާއަށް ބަލައި، ހަމައެކަނި ކަނޑައެޅޭނީ މުބާރާތުގެ ދެވަނަ ބުރު، ނުވަތަ ޓޯނަމަންޓް ފޭސްގައި ރާއްޖެ ވާދަކުރަންޖެހޭނީ ކޮން ފެންވަރެއްގެ (ޓިއާ/ޑިވިޝަން އެއްގެ) ޓީމުތަކަކާ ކަމެވެ.

ގުރޫޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ވަނީ ސައުތު އެފްރިކާ އަތުން 8-0 އިން ބަލިވެފަ އެވެ. އަދި މިއަދު މެންދުރު ކުޅުނު މެޗުގައި ފްރާންސް އާ ވާދަކޮށް ބަލިވީ 6-0 އިންނެވެ.

ގުރޫޕް ސްޓޭޖުގައި ރާއްޖެ ކުޅޭ ފަހު ދެ މެޗު މާދަމާ ކުޅޭނެ އެވެ. މެންދުރު 12:30 ގައި ފުރަތަމަ ކުޅޭނީ އަންގީލާއާ އެވެ. އެއަށް ފަހު މާދަމާ ރޭ 7:15 ގައި ނުކުންނާނީ އެސްޓޯނިއާއާ ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް